”އޮޅު ހިޔާ“ ފެސިލިޓީއާ އެނިމަލް އެންޑް ވެލްފެއާ މިނިސްޓްރީއާ ހަވާލު ކުރެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، މިނިސްޓްރީގެ ޓީމުން އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފިއެވެ.
މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް، 15 ބުޅާ ވަނީ އެތަނަށް ގެންގޮސްފައެވެ.
”މިކަން ހާސިލް ކުރެވުނީ އަޅުގަނޑުމެންގެ ޓާސްކް ފޯސުން ހުއްޓުމެއްނެތި ކުރެވުނު މަސައްކަތާއި، ހިތްވަރާއިއެކު އެއްބާރުލުން ދެއްވި އެން.ޖީ.އޯތަކުގެ މިންނެތް މަސައްކަތުގެ ސަބަބުންނެވެ،“ އެކްސްގައި މިނިސްޓްރީން ބުނެފައިވެއެވެ.



