ގަދަ ވިއްސާރައިގައި ޖެހުމުގެ ސަބަބުން ރޭގައި ގެއްލުނު ޑިންޑީ ފެނިއްޖެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔައީ ގދ. ފިޔޯރީން ގއ. ދެއްވަދޫއަށް ކަރާ ހިފައިގެން ދަތުރުކުރި ޑިންގީއެއް ކަމަށެވެ.
މި ޑިންގީ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެންއެންޑީއެފް ކޯސްގާޑަށް ލިބިފައިވަނީ ރޭ 6:12 ހާއިރު ކަމަށާއި ޑިންގީގައި ދެ ދިވެހިންނާއި ބިދޭސީއަކު ތިބިކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، ޑިންގީ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެ ޑިންގީ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި މި ޑިންގީއަށް މިހާރު ސަލާމަތުން ދެއްވަދޫއަށް ދެވިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ޑިންގީން ދަތުރުކުރި މީހުން ބުނީ ޖެހުނު ގަދަ ވިލާގަނޑެއްގައި ޑިންގީގެ މިސްރާބު ބަދަލުވެ، ދެވޭ ނުދެވޭ ތަނެއް ނޭނގޭ ހާލަތެއް މެދުވެރިވި ކަކަށެވެ. ސަލާމަތުން ދެއްވަދޫއަށް ދެވުނީ ވަރަށް މަސައްކަތުން ކަންވެސް ޑިންގީ މީހުންނާ ހަވާލާދީ އެރަށު މީހަކު ކިޔައިދިނެވެ.



