ތިލަފުއްޓާއި ދިމާ ބޭރުން ދަތުރުކުރަމުންދިޔަ ”ސުވެނިއަރ 34“ ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ، މާލެ އޭރިއާ، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ފަޅައިގެން ދިޔަ ލޯންޗުގައި މުޅިއަކު 38 މީހުން (34 ފަތުރުވެރިންނާއި ހަތަރު ފަޅުވެރިން) ދަތުރު ކުރަމުންދިޔަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ފަޅައިގެން ދިޔަ ލޯންޗުގައި މުޅިއަކު 38 މީހުން (34 ފަތުރުވެރިންނާއި ހަތަރު ފަޅުވެރިން) ދަތުރު ކުރަމުންދިޔަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން އަދިއެއް ހިއްސާކޮށްފައެއް ނުވެއެވެ.
ލޯންޗެއް ފަޅައިގެން ގޮސްގެން ސިފައިން ހަރަކާތްތެރިވަމުންދާއިރު، އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްގެން ފުލުހުން ވަނީ މިއަދު ހެނދުނު ހަރަކާތްތެރިވެފައެވެ. އަދި އެ ލޯންޗުން ދަތުރުކުރި 48 މީހުން ފުލުހުން ވަނީ ސަލާމަތްކޮށް ރައްކާތެރިކަމާއެކީ އަނބުރާ ދިގުރަށަށް ގެންގޮސްދީފައެވެ.



