ހުޅުމާލޭ ފޭސް 1 ނިރޮޅުމަގު އެލްމޮބައިލް 3 ކައިރިން މަގު ހުރަސް ކުރި މީހަކާއި އުމުރުން 6 އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި، ހިނގި އެކްސިޑެންޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މި އެކްސިޑެންޓުގެ ރިޕޯޓު 28 ފެބަރުއަރީ 2025 ވަނަ ދުވަހުގެ ހަވީރު 3:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގެ ސަބަބުން ކުޑަކުއްޖާގެ ކަކޫ މަށައިގެން ގޮސް، ތުންފަތުން ބައި އިންޗިއެއްހާ ތަން ފަޅައިގެން ގޮސް، މި ނޫން ވެސް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ކުއްޖާއާއި އެމީހާ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



