ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ 4 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭނުން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހަވީރު ވަނީ މާލޭގެ 03 ތަނެއް ބަލައި ފާސްކުރި ކަމަށެވެ. އަދި، އެތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 04 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
އިމިގްރޭޝަނުން މިފަހުން ކުރިޔަށް ގެންދާ ޖޮއިންޓް ޓާސްކް އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ވިޔަފާރިތަކުގައި ގަވާއިދާއި ޚިލާފަށް ޝާމިލުވެ އުޅޭ ބިދޭސީން ހޯދުމަށެވެ. އެގޮތުން، ވިޔަފާރި ކުރަމުން އަންނަ ބިދޭސީންނާއި، އެކި ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ޚިދުމަތް ދިނުުމުގައި ހަރަކާތްތެރިވަމުން އަންނަ މީހުން ދަނީ ހައްޔަރު ކުރަމުންނެވެ. އެންމެ ގިނައިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވެނީ ކެފޭ/ ރެސްޓޯރެންޓް އަދި ރީޓެއިލް ވިޔަފާރިތަކުގައި ޝާމިލުވާ މީހުންނެވެ.
އިމިގްރޭޝަނުން ކުރިޔަށްގެންދާ މި އޮަޕަރޭޝަނުގައި، މާލޭ އަދި ހުޅުމާލޭގައި ހިންގަމުންދާ މާރުކޭޓުތަކާއި، ފިހާރަތަކާއި، ކެފޭ ތަކާއީ ޓޭކް އަވެއިތައް ވަނީ ބަލާ ފާސްކޮށްފަ އެވެ. އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަން ސިލްސިލާކޮށް ގެންދާނެކަމަށާއި، މި އޮަޕަރޭޝަނުގައި ހައްޔަރުކުރާ މީހުން ޑީޕޯޓްކުރާނެކަމަށެވެ.




