އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެއަށް އެސްޑީ ބަޔޯސެންސަރ ލެބް އިކުއިޕްމެންޓް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
ރާއްޖޭގެ ބާޒާރަށް މި އެކިއުޕްމެންޓްސް ތައާރަފުކުރީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހަފްލާއެއްގަ އެވެ. މި އާ އިކުއިޕްމެންޓްސް ލޯންޗްކޮށްދެއްވެވީ ސްޓޭޓް މިނިސްޓަރ އޮފް ހެލްތު އާމިނަތު ޝިރުނާ އެވެ.
އެކިއުޕްމެންޓްސް ތައާރަފުކުރުމަށް ބޭއްވި ހަފުލާގައި މިނިސްޓްރީ އޮފް ހެލްތު، އެޗްޕީއޭ، އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާއި ހޮސްޕިޓަލު އަދި ކްލިނިކްސް ތަކުން ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ. އެ ހަފުލާގައި ބައިވެރިވަޑައިގެންނެވި ބޭފުޅުންނަށް، އެސްޓީއޯ އިން އަލަށް ތައާރަފްކުރި އެކުއިޕްމެންޓްތައް ދައްކާލުމުގެ އިތުރުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދީފައި ވެއެވެ.
އެސްޓީއޯއިން ބުނީ، އަލަށް ތައާރަފް ކުރި އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއަރ ޓެސްޓުތައް ހެދޭނެކަމަށެވެ. އަދި، މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލްތަކާއި، ހެލްތު ސެންޓަރު ތަކުން ފެށިގެން ކްލިނިކްތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި، އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެއް ކަމަށެވެ.

އަލަށް ތައާރަފް ކުރެވުނު ލެބް އިކުއިޕްމެންޓް ތެރޭގައި ހިމެނޭ އެމް-10 މެޝިނަކީ، ސްޓޭންޑަރޑް ޕޮއިންޓް އޮފް ކެއާ ޓެސްޓިންގ މޮޑިއުލް އެކެވެ. މިއީ އިންފެކްޝަސް ބަލިތަކުގެ ސާދާ، އަވަސް، އަދި ކޮންފަރމަޓަރީ ޑައިގްނޯސިސްއެއް ފޯރުކޮށްދޭ މޮޑިއުލެކެވެ. މީގެއިން ޑެންގޫ، ޓީބީ، ފުއްޕާމޭގެ ބަލިތައް، އެސް.ޓީ.އައި އަދި އެޗް.ޕީ.ވީ ޓެސްޓް ހެދޭނެއެވެ.

އެސްޓީއޯއިން އަލަށް ތައާރަފު ކުރި އެފް-200 އަދި އެފް-2400 މެޝިނަކީ އިންފެކްޝަސް ބަލިތަކުގެ ސާދާ، އަވަސް، އަދި ކޮންފަރމަޓޯރީ ޑައިގްނޯސިސްއެއް ފޯރުކޮށްދޭ ނެކްސްޓް ޖެނެރޭޝާން އެނަލައިޒަރެކެވެ. އެގޮތުން، މީގެއިން ތައިރޮއިޑް ޕްރޮފައިލް، ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް، ޑެންގޫ އަދި ގޮހޮރުގެ ބަލިތަކުގެ ޓެސްޓުގެ އިތުރުން ވިޓަމިން ޑީ، ބީޓާ އެޗްޗީޖީ، އިންފްލެމޭޝަން މާކާސް ޓެސްޓް ހެދޭނެއެވެ.
މި އިކްއިޕްޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެކެވެ.
އެސްޓީއޯއިން ތައާރަފުކުރި އެކިއުޕްމެންޓްތައް ގެނައި އެސް.ޑީ ބަޔޯސެންސަރ ކުންފުންޏަކީ ސައުތު ކޮރެއާ އަށް ނިސްބަތްވާ ކުންފުންޔެކެވެ. މި ކުންފުންޔަކީ ޑައިގްނޯސްޓިކް ވަސީލަތްތަށް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުންފުންޔެކެވެ. މިގޮތުން މި ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރުހިފޭ މޮޅު އުފެއްދުން ތަކެކެވެ.


