ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ހެނދުނު ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ބީޗު ކުލަބް ކައިރިން ދެ މީހަކު ދަބަހެއް އެއްލައިލާފައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހުއްޓުވައި ސުވާލުކޮށް ފައެވެ. އެ ދެ މީހުން އެއްލާލި ދަބަހުގައި 27 ދަޅު ބަނގުރާ އޮތްކަމަށް ފުލުހުން ބުންޏެވެ. ބަނގުރާލާއެކު އެދެ މީހުންވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



