ކުޅުދުއްފުށި ސިޓީ ކައުންސިލުން ހުސްވެފައިވާ، އެސިޓީގެ އުތުރު ދާއިރާގެ ކައުންސިލަރު އިންތިޚާބުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އިބްރާހިމް އަހްމަދު(އިއްބެ) ހުވާކުުރުމުގެ ދަރުބާރު އަންނަ އާދީއްތަ ދުވަހު އޮންނާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، އިންތިޚާބީ ކައުންސިލަރު ހުވާކުރެއްވުމުގެ ދަރުބާރު، 28 ޖުލައި 2024 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި އެން.އޯސީ ކޮންފަރެންސް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ދާއޫދު، ރައްޔިތުން މަޖިލިހަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ. އެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ވާދަކުރެއްވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ފަރާތުން އިބްރާހިމް އަހްމަދު(އިއްބެ) އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ފަރާތުން ޝަމްނޫޒް މުހައްމަދެވެ. އެ ބައި-އިލެކްޝަން ބޮޑު ތަފާތަކުން ކާމިޔާބުކުރީ، ޕީއެންސީ ކެންޑިޑޭޓެވެ. އޭނާއަށް 445 ވޯޓް ލިބިވަޑައިގެންނެވި އިރު، އެމްޑީޕީ ކެންޑިޑޭޓް އަށް ލިބިވަޑައިގެންނެވީ 185 ވޯޓެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ތިއްބަވަނީ މޭޔަރު ހިމެނޭހެން ޖުމްލަ 7 މެންބަރުންނެވެ.



