ވިއްސާރަވެ މޫސުން ގޯސްވުމާއި ގުޅިގެން މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން ދުވަހުގެ ޕެރޭޑު ކެންސަލް ކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ މިނިވަން ދުވަހާއި ގުޅިގެން މާލޭގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ޝަރަފު ހިނގާލުން، މޫސުން ތަން ނުދިނުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސްކުރެވިފައިވާ ކަމަށެވެ.
ޕެރޭޑް ބޭއްވުމަށްޓަކައި މިއަދު ހަވީރު 16:00 އިން 18:00 އަށް މާލޭގެ މަގުތަކުގައި އުޅަނދު ދުއްވުން މަނާކޮށް މާލޭ ސިޓީ ކައުންސިލުން ނެރުނު ޓްރެފިކް ނޯޓިސް ވަނީ މިހާރު ބާތިލްކޮށްފައެވެ.




