”ޔޫތު ޕްރެކްޓިސް ޕާލަމެންޓް 2024“ އިއްޔެ ފަށާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
އިއްޔެއިން ފެށިގެން އޯގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި 30 ޒުވާނަކު ބައިވެރިވެފައި ވެއެވެ.
މި ޕްރޮގްރާމްގެ އިއްޔެގެ ސެޝަންގައި ޔުނައިޓެޑް ނޭޝަން ޑެވެލޮޕްމެންޓް ޕްރޮގްރާމް(ޔޫއެންޑީޕީ)ގެ ފަރާތުން ވަނީ ޕްރޮގްރާމްގެ ބައިވެރިންނަށް ޑިމޮކްރަސީއާއި ގުޑް ގަވަނެންސްއާ ބެހޭ ސެޝަންއެއް ނަގާދީފަ އެވެ. އަދި، އިއްޔެ އެބައިވެރިންނަށް ރާއްޖޭގެ ސިޔާސީ ނިޒާމުގެ މައުލޫމާތު ދީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ދައްކާލާ، އެތާނގެ މަސައްކަތް ކުރިޔަށްދާ ގޮތް ކިޔައިދީފައި ވެއެވެ. މިއަދު، ޕްރޮގްރާމްގެ ބައެއްގެ ގޮތުން، މިހާރު ކުރިޔަށްދާ މަޖިލީހުގެ ޖަލްސާ އަޑު އެހުމުގެ ފުރުސަތު އެ ޒުވާނުންނަށް ދީފައި ވެއެވެ. އެގޮތުން، މި ވަގުތު އެ ބައިވެރިން ދަނީ މަޖިލިސް ގެލަރީގައި ތިބެ މިއަދުގެ ޖަލްސާ އަޑު އަހަމުންނެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ ”ޔޫތު ޕްރެކްޓިސް ޕާލަމެންޓް“ ގެބައިވެރިންނަށް މަރުހަބާ ވިދާޅުވެފަ އެވެ. ވިދާޅުވީ، އެއް ހަފުތާގެ މި ޕްރޮގްރާމްގެ ސަބަބުން މުހިންމު މައުލާތުތަކެއް އެބައިވެރިންނަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
“ޕްރެކްޓިސް ޕާލަމެންޓް ސީރީޒް” އަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިއާ ގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ހިމެނެނީ މައިގަނޑު 2 ބައެކެވެ. އެއ،ީ ” ޕްރެކްޓިސް ޕާލަމެންޓް ފޯރ ޔޫތް” އަދި “ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން”އެވ.ެ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކ،ީ ޒުވާނުން އަދި އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދ،ީ އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުމެވެ.
“ޕްރެކްޓިސް ޕާލަމެންޓް ސީރީޒް” ގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރަނގަޅަށް ދެނެގަނެ، ގިނަ ޒުވާނުންނާއި އަންހެނުން މަޖިލީހަށް ކުރިމަތިލުމަށް ހިތްވަރުދީ، ޕޮލިސީތަކުގައި ހުންނަ އުނިކަންކަން ދެނެގަނެ، ރަނގަޅު ބަދަލުތަކެއް ގެނައުމަށް އެކީގައި މަސައްކަތްކުރުމެވެ.




