އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއި ޝަންކަރް އަންނަމަހު ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ ވިއޯން ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖެއި ޝަންކަރް ރާއްޖެއަށް ވަޑަައިގެންނެވުމަށް ހަމަޖެހިފައިވަނީ އޯގަސްޓްމަހުގެ 9 ވަނަ ދުވަހަށް ފަހު ދޭއް ނުވަތަ ތިން ދުވަހުގެ ދަތުރުފުޅެއްގަ އެވެ.
މި ދަތުރުފުޅުގައި ޖެއި ޝަންކަރް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވިއޯން އިން ރިޕޯޓްކޮށްފައި ވެއެވެ.
މިދަތުރުފުޅު ވެގެންދާނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.
މި ދަތުރުފުޅާ ބެހޭ އެއްވެސް ތަފުސީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



