އިއްޔެ މެންދުރު ހުޅުމާލޭ ފޭސް-2 ވިނަރެސް ފްލެޓް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން 3 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އިއްޔެ މެންދުރު މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ޕާކްކޮށްފައި އިން ސައިކަލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ފިލާފައިވަނިކޮށް ރޭ ފުލުހުން ވަނީ ހޯދާފަ އެވެ. 25 އަހަރުގެ އެ ދިވެހި ފިރިހެންމީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ ކޯޓެއްގެ އަމުރެއްގެ ދަށުންނެވެ. އަދި އެކްސިޑެންޓުގައި ހިމެނޭ އެހެންމީހަކުވެސް ރޭ ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި އެކްސިނޑެންޓާއި ގުޅިގެން މިހާތަނަށް ޖުމްލަ ތިން މީހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ އެމީހުންގެ ފޮޓޮއާއެކު ވަނަވަރުވެސް ހާމަކޮށްފަ އެވެ.
ހައްޔަރުކުރި ތިން މީހުންގެ ތަފުސީލު:
- އިކްރާމުއްރަހްމާން / ހ. ނޫރަަންމާގެއާގެ، ކ. މާލެ
- އިބްރާހީމް އިކްރާމް / މ. ލޭންޑްއޮފްގާރޑް، ކ.މާލެ
- ޖިނާހް އިސްމާޢީލް / އާޒާދުގެ، ގދ. ކަނޑުހުޅުދޫ
މި އެކްސިޑެންޓުގައި ޒަޚަމްވީ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާއިރު، އޭނާގެ ހާލަތު ”ސްޓޭބަލް“ ކަމަށް އައިޖީއެމްއެޗުން ބުނެފައި ވެއެވެ.



