އަންނަ ނޮވެންބަރު/ޑިސެންބަރު މަހު ކުރިއަށް ގެންދާ ކޭމްބްރިޖް އިންގްލިޝް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ބުނީ، އިމްތިހާނުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށާއި، މިމަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށެވެ.
އެޕްލިކޭޝަން ފޯމް އެ އިދާރާގެ ގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި، އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅާނަމަ މެއިލް ކުރާނީ info@dpe.edu.mv އަށްކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނުން ބުނެފައި ވެއެވެ. އަދި، އިމްތިހާނަށް ފައިސާ ބަލައިގަންނާނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށްކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ވަނީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު/އޮކްޓޫބަރު މަހު ކުރިއަށް ގެންދާ އެޑެކްސެލް އޭލެވެލް އަދި އެޗް.އެސް.ސީ އިމްތިހާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ހުށަހެޅުމަށްވެސް ހުޅުވާލާފަ އެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.



