ރާއްޖެއަށް އިމްޕޯޓްކޮށްގެން ވިއްކާ އަލެގްރާ ބޭހުގެ ބައެއް ބެޗްތަކުން ކޮލިޓީ ގެ މައްސަލައެއް ފާހަގަވެފައިވާތީ، އެ ބެޗުތައް ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލެގްރާ 30 މިލިގްރާމްގެ 3 ބެޗަކަށް ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް އެ ބޭސް އުފައްދާ ކުންފުނިން އެލަރޓް ކޮށްފައިވާ ކަމަށެވެ. ވީމާ އަލެގްރާގެ އެ 3 ބެޗް ރާއްޖެ އެތެ ކުރުމާއި، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.
އެމްއެފްޑީއޭއިން ވިއްކުން މަނާ ކޮށްފައިވާ ބެޗު ތަކަކީ:
AL1223019
AL1223029
AL1223060



