ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލަމް ސަރުވާރު
ރާއްޖެ ވަޑައިގެންފި އެެވެ.
އެމަނިކުފާނު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ތައާރަފުވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
އެ މަނިކުފާނު ގެ މި ދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ ޑ.ރ މުޙައްމަދު މުޢިއްޒުއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން، ފޮރިން ސެކްރެޓަރީ ފާޠުމަތު އިނާޔާ އާ ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނާ އެކު އަނބިކަނބަލުން ތަސްލީމާ ސަރުވާރު އަދި ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރ، ޝާހިޔާ އަލީމަނިކް އަދި ބަވެޝް ރ. ޓްރިވެޑީ ބައިވެވެރިވަޑައިގަންނަވަ އެވެ.
ދަތުރުފުޅު ނިންމެވުމަށްފަހު އެ މަނިކުފާނު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 8 އޮގަސްޓް 2024 ވަނަ ދުވަހު އެވެ.
އެމް.ޑީ. ގޮލަމް ސަރުވާރުއަކީ ސާކްގެ 15 ވަނަ ސެކްރެޓަރީ ޖެނެރަލް އެވެ. އެމަނިކުފާނު މަގާމާއި ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ.


