ބިޔަރު ދަޅުތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު އަތުލައިގަނެފި އެވެ.
ފުލުހުން ބުނީ އެމީހާ އަތުަލައިގަނެފައިވަނީ ރޭ 10:00 ހާއިރު ހުޅުމާލެ އަމީން އެވެނިއު ކައިރިން ކަމަށެވެ. އަތުލައިގަތް ވަގުތު އޭނާ އަތުގައި 45 ބިޔަރު ދަޅާއި ރާ ފުޅިއެއް އޮތް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މި ތަކެއްޗާއެކު ގެންދިޔައީ ބިދޭސީއެއްކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ބުނެފައެއް ނުވެއެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފަހަކަށް އައިސް ފުލުހުންނާއި، އިމިގްރޭޝަނުން ހިންގާ ތަފާތު އެކި އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ބިދޭސީން އަތުލައިގަންނަ މިންވަރު ގިނައެވެ. އިމިގްރޭޝަނުން ބުނެފައިވަނީ މިފަދަ މީހުންގެ ވިސާ ކެންސަލްކޮށް ޑީޕޯޓްކޮށްލާނެކަމަށެވެ.




