ގައުމީ އެއާލައިން، މޯލްޑިވިއަނުން ބަންގަލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރަމުންދިޔަ ތާވަލު ދަތުރުތައް މެދުކަނޑާލައިފި އެވެ.
ދަތުރުތައް މެދުކަނޑާލުމާ ގުޅޭގޮތުން މޯލްޑިވިއަންއިން ބުނީ، ބަންގްދޭޝް މިހާރު އޮތް ހާލަތުގެ ސަބަބަުން، މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން އެގައުމަށް ފްލައިޓްތައް އޮޕަރޭޓްކުރުން ހުއްޓާލާފައި ވާކަމަށެވެ. އަދި، އެގައުމުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި، ފަސިންޖަރުންނަށް މި ވަގުތު ބޭނުންވާ އެހީ ފޯރުކޮށްދެމުންދާނެކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މޯލްޑިވިއަނުން ބުނީ ފަސިންޖަރުންނާއި ފަޅުވެރިންގެ ސަލާމަތަކީ އެ އެއާލައިނުން ވަރަށް އަހައްމިއްޔަތުކަން ދޭކަމެއް ކަމަށާއި، ބަންގްލަދޭޝްގެ ހާލަތު ރަނގަޅުވެ، ދަތުރުތައް ފަށާނެ ދުވަހެއް ފަހުގެ ތާރީޚެއްގައި އަންގާނެކަމަށެވެ. އަދި، މި ދަނޑިވަޅުގައި މޯލްޑިވިއަންގެ އެހީތެރިކަން ބޭނުންވާނަމަ، މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 ގުޅުމަށް ނުވަތަ cc@iasl.aero އަށް މެއިލް ކުރުމަށް މޯލްޑިވިއަނުން އެދިފައި ވެއެވެ. މީގެ އިތުރުން، ބަންގްލަދޭޝްގައި ތިބި ފަސިންޖަރުންނަށް +8801621211316 އަށް ގުޅުމަށްވެސް މޯލްޑިވިއަނުން އެދިފައި ވެއެވެ.
މޯލްޑިވިއަނުން ވަނީ މިދަނޑިވަޅުގައި ދިމާވެދާނެ ދަތިތަކަށް ފަސިންޖަރުންގެ ކިބައިން އެދިފަ އެވެ.




