ޒުވާނަކު ވީނުވީއެއް ނޭނގި ގެއްލިގެން ފުލުންގެ ޚިދުމަތުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ގެއްލިގެން ހޯދަމުންދަނީ އަޙްމަދު އަނިލް މުޙައްމަދު (23އ)، ހދ. ކުޅުދުއްފުށި / ކިނާރާގެ، އެވެ.
އޭނާ ހޯދަމުން ދަނީ، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމާއި، އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު، ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ.“ ފުލުހުން ބުނެފައި ވެއެވެ.
އަޙްމަދު އަނިލް މުޙައްމަދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށްވެސް ފުލުހުން އެދިފައި ވެއެވެ.



