މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.
ބޯކޮށް ވާރޭވެި ގުގުރާނެކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 09:00 އިން މެންދުރުފަހު 03:00 ޖެހުމާ ހަމަޔަށެވެ.
މެޓް އޮފީހުން ބުނީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ރޭ ފަތިހު 05:30 އިން 09:00 ޖެހުމާ ހަމަޔަށް ހއ އިން ފެށިގެން ގދ އަތޮޅާއި ހަމަޔަށް އޮތީ ރީނދޫ ސަމާލު ނެރެފަ އެވެ.
މީގެކުރިންވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، މި ހަފުތާގައި ރާއްޖެއަށް މޫސޫން ގޯސްވާނެކަމަށް ލަފާކޮށްފަ އެވެ. މިކަމާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އާއި ފުލުހުން ވަނީ އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާޅުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިޔާލާ އެޅުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައި ވެއެވެ.


