ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މިއަދު ހެނދުނު 09:00 ޖެހިރު އެ އަތޮޅުތަކަށް ފުރަތަމަ ނެރުނީ 03:00 ޖެހުމާއި ހަމަޔަށް ވައިޓް އެލާޓެވެ. އޭރު ވައިޓް އެލާޓް ނެރުނީ، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ އެލާޓް ލެވެލް މަތިކޮށް އެ ސަރަހައްދަށް 11:00 ފެށިގެން މެންދުރު ފަހު 03:00 ޖެހުމާ ހަމަޔަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓްގައި ބުނެފައިވަނީ، އުތުރުގެ ސަރަހައްދަުތަކަށް، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ގުގުރުމާއެކު ވާރޭވެހޭނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތައްވެސް އޮތީ ހެނދުނު 09:00 އިން މެންދުރު ފަހު 03:00 ޖެހުމާ ހަމަޔަށް ވައިޓް އެލާޓްގަ އެވެ. އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.



