ދަނޑުވެރިކަމާއި، ދިރޭ ތަކެއްޗާއި ގުޅުން ހުރި ދާއިރާތަކުގެ މަޝްރޫއުތަކަށް އިންޑިއާގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝްރީ މުނު މަހާވަރް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ އައިޝާތު ރަމީލާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަމާއި، ދިރޭ ތަކެއްޗާއި ގުޅުން ހުރި ދާއިރާތަކުން ކުރިއަށް ގެންދާ އެކި މަޝްރޫއުތަކުގައި އިންޑިޔާގެ އެހީތެރިކަން ހޯދުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައި ވެއެވެ. މީގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރާނެ ގޮތްތަކާއި، ދިރޭތަކެތި ގެންގުޅުމާއި އޭގެއިން ޖެހޭ ބަލިތަކާއި، އެކި ދާއިރާތަކުން މުވައްޒިފުން ތަމްރީން ކުރުމާއި ގުޅޭ ގޮތުން އިންޑިޔާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެެއެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިޔާ ހައިކޮމިޝަންގެ ފަސްޓް ސެކެޓްރީ މިސް ބަރްކާ ތަމްރަކާރް އާއި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.



