އެކްސިޑެންޓާކާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ދެ މީހަކު ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފުލުހުން އެ ދެމީހުން ހޯދަމުން ދަނީ މެއިމަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ އެކްސިޑެންޓްގެ މައްސަލައާ ގުޅިގެންނެވެ. މި މީހުން ހޯދަން އާންމުންގެ އެހީއަށް އެދުނީ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ފުލުހުންނަށް ހޯދިފައި ނުވާތީ އެވެ. ފުލުހުން ވަނީ އެ 2 މީހުން ފެންނަ ވީޑިއޯއެއް އާންމުކޮށް އެމީހުންގެ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ފުލުހުން ބުނީ، މި ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހެންވޭރު ޕޮލިސްގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް އެދޭކަމަށެވެ.
ފުލުހުންވަނީ، މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށްދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.



