މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރު އިތުރު 11 ދުވަހަށް ދަންމާލަން ގަސްދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގައި މި ވަގުތު ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުމާއެކު މިމަހުގެ 26 ވަނަ ދުވަހާއި ހަމަޔަށް ދައުރު ދަންމާލަން ގަސްދުކުރައްވާކަމަށާއި، މިއަދުގެ ވޯޓު ގަޑީގައި އެކަމަށް ގޮތެއް ނިންމެވުމަށް ވޯޓަށް އައްސަވާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާގޮތުންނަމަ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ދުވަހަކީ މިމަހުގެ 15 ވަނަ ދުވަހެވެ.



