މި އަހަރުގެ މެއި/ޖޫން ގައި ބޭއްވި ކޭމްބްރިޖް އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އިން ބުނީ މިއަދު 12:00 އިން ފެށިގެން އިމްތިހާނުތަކުގެ ނަތީޖާ ދޫކުރަން ފަށާފައިވާކަމަށާއި، އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް އެ ދަރިވަރަކު އިމްތިހާނުގައި ބައިވެރި ސެންޓަރަކުން މިއަދުން ފެށިގެން ނަތީޖާ ދޫކުރަމުން ގެންދާނެކަމަށެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ، ނަތީޖާއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހު ހުުޅުވާލާނެ ކަމަށެވެ.
މިއަހަރުގެ މެއި/ޖޫން ކޭމްބްރިޖް އައިޖީސީއެސްއީ އިމްތިހާނުގައި 7501 ދަރިވަރުންވަނީ ބައިވެރިވި އެވެ. އަދި، އަދި އެސްއެސްސީ 7133 ދަރިވަރުން ބައިވެރިވެފައި ވެއެވެ.



