މޫސުމާއި ބެހޭ އިދާރާއިން އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ޔެލޯ އެލާޓްގެ ވަގުތު ދަންމާލައިފި އެވެ.
ކުރިން ނެރުނު އެލާޓް މެންދުރުފަހު 13:00 ޖެހުމާ ހަމަޔަށް ހަމަވުމުން މިހާރުވަނީ އެލާޓްގެ ވަގުތު މިރޭ 19:00އާ ހަމަޔަށް އިތުރުކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ، އެލާޓް ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
މިއަދު ހެނދުނު ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް، ނެރުނު ވައިޓް އެލާޓްގެ ވަގުތު 13:00 ހަމަވެފައިވާއިރު، އެސަރަހައްދަށް އިތުރު އެލާޓެއް މިހާރު ނެތެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާގޮތުގައި މިހާރު މުޅި ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ވިއްސާރަ ރަނގަޅު ވާނީ އަންނަ ހޮނިހިރު ދުވަހަށް ފަހުއެވެ.




