ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އާދަމް ރަމީޒު ވަކި ކޮށްފި އެވެ.
ރައީސް އޮފީހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން މަހުން ފެށިގެން ސަސްޕެންޝަންގައި ހުރި ރަމީޒް މަގާމުން ވަކިކޮށްފައިވަނީ މިއަދު އެވެ.
ޖޫން މަހުގެ 27، ވަނަ ދުވަހު ރަމީޒު މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރިނަމަވެސް، ސަސްޕެންޑްކުރީ ކޮން މައްސަލައެއްގައި ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ރަމީޒުގެ ކުރީގެ އަނބިކަނބަލުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ހައްޔަރުކޮށް ފުލުހުން ތަހުގީގެއް ހިންގިއެވެ. ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގުމަށް ފަހު މިދިޔަ ޖުލައި 13 ވަނަ ދުވަހު ދޫކޮށްލާފައިވާއިރު، އޭނާގެ މައްޗަށް އެ ތުހުމަތުކުރެވުނު މައްސަލަ ސާބިތުވާނެ ހެއްކެއް ނެތްކަމަށްބުނެ، ޕީޖީ އޮފީހުންވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފަ އެވެ.



