ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ލުއިސް ރުޑޮފް އަބިނާދަރ ކޮރޯނާ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ދެވަނަ ފަހަރަށް އެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވުމުން އެޤައުމަށް ތަރައްޤީއާ ފާގަތިކަން ހޯދައިދިނުމަށް އެމަނިކުފާނުގެ ލީޑަރޝިޕުގެ ދަށުން ކުރައްވާ މަސައްކަތްތަކަށް އެޤައުމުގެ ރައްޔިތުން ކުރާ އިތުބާރު ފެނިގެންދާކަން ފާހަގަކުރައްވާފައި ވެއެވެ.
ރައީސުލްޖުމްޖޫރިއްޔާގެ މެސެޖުގައި ދިވެހިރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން އަދި އެ ޤައުމުގެ ރައްޔިތުންނަށް ސުލްޙަވެރިކަމާ ކުރިއެރުން ލިބިގެންދިއުމަށް އެދިވަޑައިގެންފަ އެވެ.



