އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.
ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމަޔަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށް ކުރިންވެސް އޮތީ އެލާޓް ނެރެފައެވެ. އެހެންކަމުން އެއަތޮޅުތަކަށް އެލާޓް ދަންމައި، އެލާޓްގައި މެދު ރާއްޖެތެރޭގެ އަތޮޅު ހިމެނޭގޮތަށް ކ އަތޮޅުން ފެށިގެން މިހާރު ވ އަތޮޅާ ހަމަޔަށް ވަނީ މިރޭ 10:00 ޖެހުމާ ހަމަޔަށް ޔެލޯ އެލާޓް ނެރެފަ އެވެ.
އެލާޓްގައި ނެރެފައިވާ މި 11 އަތޮޅަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިޖެހި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަމާގުޅޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވެ ރައްކާތެރި ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.




