ބޮގަރު ކައްކާ އޭގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންގެ ވަނަވަރު ފުލުހުން މިރޭ ހާމަކޮށްފި އެވެ.
މި ދެމީހުން ހައްޔަރުކުރީ ލ ގަމު، ތުނޑީ އަވަށުގެ ވިލެޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރުމުގެ އިތުރުން ބޮގަރު ކައްކައި އޭގެ ވިޔަފާރި ކުރާކަމުގެ ޖާސޫސީ މައުލޫމާތު ފުލުހަށް ލިބުމާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ، އެގެ ބަލާފާސްކުރުމަށް ފަހުގައެވެ.
ފުލުހުން މިއަދު ބުނީ ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންކަމަށެވެ. އަދި މިޜޭވަނީ އެމީހުންގެ ފޮޓޮއާއެކު ވަނަވަރުވެސް ހާމަކޮށްފަ އެވެ.
ހައްޔަރުކުރި ދެމީހުންގެ މައުލޫމާތު:
1-އަހްމަދު ޝުޖާއު(42)، ވިލެޖް/ލ.ގަން، ތުނޑި
2-އަލީ ޝަރީފް(57)،ފަން ހިޔަނި/ލ. ގަން، ތުނޑި
ފުލުހުން ބުނީ، އެގެ ބަލާ ފާސްކުރުމުން އެގެއިން 24.42 ގްރާމްގެ ހެރޮއިންކަަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އަދި، ބޮގަރުކަމަށް ޝައްކުކުރެވޭ ދެ ރުނބައާއި، 5 ލީޓަރުގެ ފުޅިއެއްގެ އިތުރުން ބޮގަރު ކައްކަން ބޭނުންކުރާ ސާމާނުވެސް އެގެއިން ފެނުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މި ދެ ފިރިހެނުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާތީ މިކަމާއި ގުޅޭ އިތުރު ތަފުސީލު ފުލުހުން މިއަދު ހިއްސާކޮށްފައެއް ނުވެއެވެ.




