ވައިގަދަވާނެކަމަށް ލަފާކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދުވެސް ޔެލޯ އެލާޓް ދަންމާލައިފި އެވެ.
އެލާޓް ދަންމާލާފައިވަނީ ހެނދުނު 11:00 ޖެހުމާ ހަމަޔަށެވެ.
ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ރޭ ދަންވަރު 02:00 އިން ހެނދުނު 07:00 އަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު ހަމަވުމުން މިހާރުވަނީ އެއަތޮޅުތަކަށް ހެނދުނު 11:00 އާ ހަމައަށް ޔެލޯ އެލާޓް ދަންމާލާފަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، އެލާޓްގައި ނެރެފައިވާ މި 11 އަތޮޅަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި މި އަތޮޅުތަކަށް ގަޑިއަކު 50 މޭލަށް ވައިޖެހި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަމާގުޅޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވެ ރައްކާތެރި ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.



