ގދ. ގައްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ ފުލުހުން ހިންގި މި އޮޕަރޭޝަނަކީ ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެެ ވިޔަފާރިކުރާކަމަށް ލިބުނު ޖާސޫސީ މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަޜޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އެރަށު ފަހާގެ، އަލީ ނާސިރު(38) ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުންބުނީ، އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށެވެ. އެ ތަކެތީގެ ބަރުދަނަކީ 96.45 ގްރާމްކަަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައި ވެއެވެ.



