ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު އެންމެ ފުރަތަމަ ހެދުނު 06:00 ޖެހިއިރު، ކ އަތޮޅުން އައްޑޫ ސިޓީއާ ހަމަޔަށް ވައިޓް ނެރުނެވެ. ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް އޭރު ނެރުނު އެލާޓް 12:00އަށް ހަމަވުމާއެކު މިހާރު ވަނީ އެ ސަރަހައްދަށްވެސް އެލާޓް ހަވީރު 06:00 ޖެހުމާ ހަމަޔަށް ދަންމާާލާފަ އެވެ.
މެންދުރު 12:00 އިން ހަވީރު 06:00 ޖެހުމާާ ހަމަޔަށް މުޅި ރާއްޖެއަށް މިހާރު ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހުމާއެކު، ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްނެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެ ވިއްސާރަވަމުންދާތީ ކަމާ ގުޅޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ރައްކާތެރިވެ، ދުރާލާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.



