ރާއްޖޭގެ މިހާރުގެ އިޤްދިސާތީ ހާލަތާ ގުޅޭގޮތުން، ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ބޭއްވީ، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސައޫދީ އަރާބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ސައޫދީ އަރަބިއްޔާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު އައިމެން އަލް ސަޔާރީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
ރިޔާޛުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ އިޤްދިސާތީ ހާލަތާ ގުޅޭގޮތުންނާއި، ޓޫރިޒަމްގެ ދާއިރާއިން ކުރިއަރަމުންދާ ގޮތާއި، އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި ސައުދީގެ ސެންޓްރަލް ބޭންކްގެ އިސްވެރިންނާއި، ފޮރިން މިނިސްޓަރުގެ އަރިހުގައި ވަޑައިގެންނެވި ރާއްޖޭގެ ވަފްދުގެ ބޭފުޅުންވެސް ބައިވެރިވަޑައިގެންނެވި އެވެ،
މިނިސްޓަރ ޒަމީރު މިހާރު ސައޫދީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.



