މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިންނަށް ހިލޭ އައިސް ބަހަން ފަށައިފި އެވެ.
މިފްކޯއިން ބުނީ، މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން މިއަދު އެކަނި މަސްވެރިންނަށް އައިސް ހިލޭ ދޫކުރުމަށް ނިންމާފައި ވާކަމަށެވެ. އެގޮތުން، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް 3 ޓަނު އައިސް ހިލޭ ސްޓޮކް ހުަސްވަންދެން ދޫކުރާނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މި ދުވަސްވަރަކީ މަސްވެރިކަން ދަށް، އަދި މޫސުން ގޯސްވުމުގެ ސަބަބުން މަސްވެރިން މަހަށް ފުރުން މަދު ދުވަސްވަރެކެވެ. މަސްވެރިން ބުނަނީ ތެޔޮ އަޅައިގެން ދުއްވާފައި މަސް ނުބޭނި ދަތުރު ނިންމާލަން ޖެހުނީމައި އަތުން ދިޔަ ޚަރަދުވެސް ދެކޮޅު ނުޖެެއްސޭކަމަށެވެ.




