އއ. ބޮޑުފޮޅުދުއާއި އދ. މަންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުންގެ ހިދުމަތްދޭން ފަށައިފި އެވެ.
އިއްޔެ ބޮޑުފޮޅުދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް ޝުޖާއު އާދަމްއެވެ.
ބޮޑުފޮޅުދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު، ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް ޝުޖާއު އާދަމް އެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

އޭގެ އިތުރުން، އދ. މަންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި މާންދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ހުސައިން އެވެ.
މަންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު، ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ހުސައިންއެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.
ބޮޑުފޮޅުދުއާއި މަންދޫގައި ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، މާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން، އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެ ދެ އަތޮޅުގެ އަތޮޅު ކޮމާންޑަރުންނާއި ދެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.




