ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ބިދޭސީއަކު ފުރުވާލައިފި އެވެ.
އިމިގްރޭޝަނުން ޑީޕޯޓްކޮށްފައިވަނީ ސުޝްމިތާ ދައުގޮދާ (ސުޒޫ) ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ އަންހެނެކެވެ. އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
ސުޒޫ ހައްޔަރުކޮށްފައިވަނީ، އޭނާއާއާ ގުޅޭގޮތުން ”އިމިގްރޭޝަން ވޮޗް“ އަށް ރިޕޯޓްކުރި ޝަކުވާއެއްގެ މައްޗަށް ބިނާކޮށް ހިންގި އިންސްޕެކްޝަނަކަށް ފަހުގަ އެވެ. އިމިގްރޭޝަނުން ބުނީ މިމަހުގެ 18 ވަނަ ދުވަހު ހިންގި ހާއްސަ އިންސްޕެކްޝަންގައި ސުޒޫ، އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަކަން އެނގުނުކަމަށެވެ. އެހެންކަމުން، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، މިމަހުގެ 20 ވަނަ ދުވަހު އޭނާ ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުންދިޔާ ‘ސެލޫން ބައި ރިޒް’ގެ ވެރިޔާ ރަޖަނީ ޝްރެސްތާއާއި އޭނާއާއެކު މަސައްކަޔް ކުރަމުން ދިޔަ 4 ބިދޭސީ މުވައްޒަފަކުވެސް ވަނީމިމަހުގެ 13 ވަނަ ދުވަހު ޑީޕޯޓްކޮށްފަ އެވެ.




