ނ. މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި އެވެ.
ފުލުހުންގެ އިދާރާއިން ބުނީ، އިއްޔެ ނައްތާލާފައިވަނީ، މި އަހަރުގެ އެޕްރީލް މަހުން ފެށިގެން ޖުލައި މަހާ ހަމައަށް މާފަރު އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ބަނގުރާ ކަމަށެވެ.
”އޮގަސްޓު 25 ދުވަހު ނައްތާލާފައިވަނީ 117 ފުޅި ބަނގުރާ އަދި 76 ދަޅު ބަނގުރާ.“ ފުލުހުން ބުނެފައި ވެއެވެ.
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން މާފަރުގައި ހުރި ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފަހައްޓާ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުންޏެވެ.



