ފެނަކައިގެ ސްމާރޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން ޚިދުމަތް ދޭން ފަށާ ފުރަތަމަ ރަށްކަމަށްވާ ކުޑަހުވަދޫގައި މީޓަރު ހަރުކޮށް ނިންމާ ޚިދުމަތް ދޭން ފަށައިފި އެވެ.
ސްމާރޓް މީޓަރ ޕްރޮޖެކްޓް އެޕްލިކޭޝަން ލޯންޗުކޮށް، ކުޑަހުވަދޫގައި މި ޕޮރޮޖެކްޓް އިފްތިތާޙް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް ، އެންވަރަމެންޓް އެންޑް އެނަރޖ،ީ ތޯރިޤް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުވަނީ، ސްމާރޓް މީޓަރުގެ ޚިދުމަތާއެކު، ސްމާރޓް މީޓަރ އެޕްލިކޭޝަންވެސް އިފްތިތާޙްކޮށްދެއްވާފަ އެވެ.
ފެނަކައިގެ ސްމާޓް މީޓަރ ޕްރޮޖެކްޓަކީ، ޓެކްނޮލޮޖީގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއި ފަސޭހަތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފެނަކައިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ސްމާރޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން ގޭބިސީތަކުގައި ހަރުކޮށް ބޭނުންކުރާ ސްމާރޓް މީޓަރަކ،ީ ކުރިން ބޭނުން ކުރަމުންދިޔަ އެނަލޮގް މީޓަރުތަކާއި ޑިޖިޓަލް މީޓަރުތަކުގެ ބަދަލުގައި މުޅީން އޮޓޮމޭޓްކުރެވި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮނިޓަރ ކުރެވޭނެ މީޓަރެކެވެ. އަދި ރީޑިން ނަގާ އެޕްލިކޭޝަނަކީ، ފެނަކައިގެ ސްމާރޓް މީޓަރުތަކުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް، އަމިއްލަ ފޯނުން ގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް ބަލައި މޮނިޓަރ ކުރެވޭނެ އެޕްލިކޭޝަންއެކެވެ.
ކުޑަހުވަދޫ އާއި ދާލު އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުންވެސް ގިނަ އަތޮޅުތަކެއްގައި މި ޕްރޮޖެކްޓްގެ ދަށުން ސްމާރޓް މީޓަރ
ހަރުކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. މިވަގުތު ހ.ދ، ބ، މ، ފ، ތ އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީގައިވެސް މި ޕްރޮޖެކްޓް ހިންގަމުން އެބަދެއެވެ. އޭގެ ތެރެއިން ދާލު އަތޮޅާއި ފޯއްމުލައް ސިޓީގައި، ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ.
ފެނަކައިން ބުނީ މިރޭ ކުޑަހުވަދޫގައި މި ޚިދުމަތް ފެށި ނަމަވެސް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައ،ި ރާއްޖޭގައި ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ބޭނުންކުރާ ހުރިހާ މީޓަރެއް ސްމާރޓް މީޓަރަށް ބަދަލުކުރެވޭނެކަމަށެވެ.



