މާލެ ސިޓީ އީދު މިސްކިތުން ކަރަންޓް ނަރުތަކަކާއި ބޮކިތަކެއް ވަގަށް ނަގައިފި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެކައުންސިލުން ބުނީ ވައްކަން ކޮށްފައިވަނީ ރޭ އިރާކޮޅު ކަމަށާއި، ވައްކަން ކޮށްފައިވަނީ މަރާމާތަށް މިސްކިތް ބަންދުކޮށްފައި ވަނިކޮށްކަމަށެވެ. އަދި ވަގަށް ނެގި ތަކެތީގެ ތެރޭގައި 8 ބޮކި އަދި ފަންކާ ނަރުތައް ހިމެނޭކަމަށް ކައުންސިލުން ބުންޏެވެ.އީދު މިސްކިތް ބަންދުކޮށްފައިވަނީ ހަރިންމަތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ތަޅުންގަނޑު އުސްކުރުމަށެވެ.
އީދު މިސްކިތުން ވައްކަން ކުރި މައްސަލަ ސިޓީ ކައުންސިިލުން ފުލުހަށް ރޭ ހުށަހެޅުމާއި ގުޅިގެން، އެ މަސައްލަ ފުލހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ މި މައްސަލައިގަ އެދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.


