ފެނެކަ ކޯޕަރޭޝަން އިން ފުވައްމުލައް ސިޓީއަށް އަނެއްކާވެސް އާ ޖަނަރޭޓަރެއް ފޮނުވައިފި އެވެ.
ފެނަކައިން ބުނީ، މިއަހަރު ފެށުނު އިރު ފުވައްމުލައް ސިޓީގެ ކަރަންޓުގެ ހާލަތު ގޯސްވެ، އެކަން ވަގުތީގޮތުން ހައްލުކުރުމަށް 800 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ފޮނުވާ އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށިކަމަށެވެ. އެހެންނަމަވެސް އަނެއްކާވެސް އާ ޖަނަރޭޓަރެއް ފޮނުވަން ޖެހުނީ، ކަރަންޓް ބޭނުން ކުރާ މިންވަރު ނިސްބަތުން އިތުރުވުމުގެ ސަބަބުން މިހާރު ކުރިމަތިވަމުން އަންނަ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. މިފަހަރު ފެނަކައިން ފުވައްމުލައް ސިޓީއަށް ފޮނުވީ 1200 ކިލޯވޮޓްގެ ޖަނެރޭޓަރެކެވެ.
ކަރަންޓްގެ ޚިދުމަތް ދިނުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ފެނަކައިން ދަނީ ކުރަމުންނެވެ. ފެނެކައިން ބުނީ އާ މެނޭޖްމްނެޓް އައިފަހުން މިހާތަނަށް އަތޮޅުތެރެއަށް އާ 47 ޖަނެރޭޓަރު ފޮނުވާފައިވާކަމަށެވެ.



