މާލޭގައި އަންހެނަކު ރަހީނުކުރި މީހާ އައިޖީއެމްއެޗުގެ އޮބްޒަވޭޝަންގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ވަޅިން ބިރުދައްކައިގެން އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ށ. ފުނަދޫ، ހެޕީ ލޭންޑް އާދަމް އަތުހަރު އެވެ.
އޭނާ ފުލުހުން ފުރަތަމަ ހައްޔަރުކުރުމަށް ފަހު އޭޑީކޭގައި ފަރުވާދިނެވެ. އަދި އޭގެ ފަހުން އައިޖީމްއެޗަށް ގެންދިޔައީ ހޮޑުލާތީއެވެ. އައިޖީއެމްއެޗް އޮބްޒަވޭޝަނުގައި އިތުރު ފަރުވާ ދިނުމަށް ފަހު މިއަދު ހެނދުނު އޭނާ ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށަށް އަނެއްކާވެސް ގެންގޮސްފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަތުހަރު ރަހީނުކުރީ އޭނާގެ ލޯބިވެރިޔާއެވެ. ބިރުދައްކައިގެން ރހީނުކުރަން އުޅުނީ ފައިސާގެ މައްސަލައެއްގަ އެވެ.



