މާލެ ސިޓީގައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އާދަމް އަތުހަރުގެ މެޑިކަލް ރިޕޯޓްގެ ނަތީޖާތައް ’ނޯމަލް‘ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އޭނާ ހައްޔަރުކުރުމުގެ ތެރޭގައި ލިބުނު އަނިޔާއަށް ފުރަތަމަ ފަރުވާ ދިނީ އޭޑީކޭއިންނެވެ. އަދި ފަހުން ދިމާވި މައްސަލައަކާހުރެ، އޭނާއަށް އައިޖީއެމްޗްގައި އިތުރު ފަރުވާދިނުމަށް ދޫކޮށްލީ މިއަދު ހެނދުނު އެވެ.
އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށް ދެންމެ ފުލުހުން ބުނެފައިވަނީ، އަތުހަރު ޑޮކްޓަރަށް ދައްކައި މިހާތަނަށް ހަދާފައުވާ މެޑިކަލް ޓެެސްޓްތަކާއި، ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު ޓެސްޓްތައް ނޯމަލް ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެކަމަށެވެ. އަދި މިހާދިސާއާއި ގުޅިގެން އޭނާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި އަދި ނާރުގެ އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަށް ދެއްކި ޑޮކްޓަރުންވެސް އެއްެވެސް މައްސަައެއް ނެތްކަމާއި، އޭނާ ރަނގަޅުކަމަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮޮކްޓަރަކު ލަފާދީފައި ނުވާކަމަށެވެ. އަދި ފިޓް ޖެހުނުކަމަށް މިހާތަނަށް ޑޮކްޓަރެއްގެ އެއްވެސް ލިޔުމެއްފައި ބަޔާންކޮށްފައި ނުވާކަމަށެވެ.
ފުލުހުން އަތުހަރު ހައްޔަރުކޮށްފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ވަޅިން ބިރުދައްކައިގެން އަންހެނަކު ރަހީނުކުރި މައްސަލައިގައެވެ.




