ރައްޔިތުންގެ މަޖިލީސް އިދާރާގެ މުވައްޒަފުންނަށް ސީޕީއާރ އަދި ސްޓޭންޑަރޑް ފަސްޓްއެއިޑް ކޯހެއް ކުރިޔަށް ގެންދާކަމަށް އެމްއެންޑީއެފް އިމް ބުނެފި އެެވެ.
އެ އިދާރާގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ 20 މުވައްޒަފުންނާ އެކު މި ކޯސް ފެށީ އޮގަސްޓު 27 ގަ އެވެ. ހަ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޯހުގައި ކާޑިއޯވަސްކިއުލަރ ނިޒާމާއި، ނޭވާލާ ނިޒާމުގެ އިތުރުން، ސީޕީއާރު ދޭނެ ގޮތާއި، ހޭނެތިފަައިވާ މީހަކަށް ފަރުވާދޭނެ ގޮތާއި، ޒަޚަމްވެ ލޭއައުން ފަދަ ކަންކަން މެނޭޖްކުރުމާއި، ފިހުމުން ފަރުވާދޭންވީ ގޮތާއި އެއާ ގުޅުންހުރި ފަސްޓް އެއިޑް މެނޭޖްމަންޓް ފަދަ ބައިތައް ކިޔައިދެއެވެ.
މީގެއިތުރުން، މެޑިކަލް އިމަޖެންސީތައް ކަމުގައިވާ ހާޓް އެޓޭކާއި، އެސްމައާއި، ސްޓްރޯކްގެ އިތުރުން، ކެޝުއަލްޓީ ކެރީސްއާއި، ހީޓް ސްޓްރޯކާއި، ހީޓް އެގްޒޯސްޝަން އަދި ހީޓް ކްރޭމްޕްސްގެ ބައިތައް ވެސް ވަނީ މި ޕްްރޮގްރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މަޖިލިސް އިދާރާގައި ދިމާވެދާނެ ޞިއްޙީ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދޭނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ޑޮކްޓަރުންނާއި މެޑިކުންނެވެ.




