ކުޑަހުވަދޫ ކައުންސިލްގެ ފުޓްބޯޅަ ޗެލެންޖް 2024 އޮކްޓޯބަރ 13 ވަނަ ދުވަހު ފަށާގޮތަށް ކުޑަހުވަދޫ ކައުންސިލުން ނިންމައިފި އެވެ.
ކުޑަހުވަދޫ ކައުންސިލުން ބުނީ، އެ މުބާރާތް ބާއްވާނެ ތާރީޚު ކަނޑައެޅުމަށްފަަހު، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާޚަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓިމްތަކުން މިމަހުގެ 12 ވަނަ ދުވަހު ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓްކޮށް29 ވަނަ ދުވަހުގެ ނިޔަލަށް ޓީމް ލިސްޓް ހުށަހަޅަން ކައުންސިލުން އެދިފައި ވެއެވެ.
ޓީމެއްގައި ހިމެނޭނީ ގިނަވެގެން 20 ކުޅުންތެރިންނާއި 5 އޮފިޝަލުން ހިމަނަން ޖެހޭއިރު، ޓީމެއްގައި 18 އަހަރުން ދަށުގެ މަދުވެގެން 2 ކުޅުންތެރިންނާއި، 18 އަހަރުން މަތީގެ މަދުވެގެން 3 ކުޅުންތެރިންނާއި 2 ގޯލް ކީޕަރުން ހިމަނަންޖެހެއެވެ.އަދި، ޓީމު ލިސްޓްގައި ކުޑަހުވަދޫގެ ރައްވެހިން ފިޔަވައި 4 ކުޅުންތެރިން ހިމެނިދާނެކަމަށާއި، މީގެ ތެރޭގައި ރާއްޖޭން ބޭރުގެ 1 ކުޅުންތެރިއަކު ހިމެނިދާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މުބާރާތުގައި ބައިވެރިވެވެނީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1000.00ރ ދައްކައިގެންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000.00ރ، ރަނައަޕް ޓީމަށް 15000.00ރ އަދި ފެއަރޕްލޭޓީމަށް 2000.00ރ ގެ ފައިސާގެ ޢިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.




