ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ރަޖިސްޓްރީކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
އެންއެންސީޕީއެލްއީގެ އިސް ވެރިން ވަނީ މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އަށް ޒިޔާރަތް ކުރައްވައި، އެ އިންސްޓިޓިއުޓް ރަޖިސްޓްރީކުރުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.
އެ ބައްދަލުވުމުގައި، އެންސީޕީއެލްއީ އިންސްޓިޓިއުޓް ރަޖިސްޓަރ ކުރުމާއި، އެ އިންސްޓިޓިއުޓް އިން ޤައުމީ ފެންވަރުގެ އެޕްރެންޓެސްޝިޕް އަދި ތަމްރީނު ޕްރޮގްރާމްތަށް ރަޖިސްޓަރ ކުރުމުގެ އުޞޫލުތަކާއި ގުޅޭގޮތުން އެމްއެންއެސްޑީއޭގެ ފަރާތުން މަޢުލުމާތު ޙިއްސާކުރައްވާފައި ވެއެވެ.
މީގެ އިތުރުން، ދެ އިދާރާ އިން ގުޅިގެން ދިވެހިރާއްޖޭގެ މަސައްކަތުގެ މާހަޢުލުގައި ހުނަރުވެރިކަން އިތުރުކުރުމަށް ކުރިވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ެ އބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށް އެމްއެސްޑީއޭއިން ބުނެފައި ވެއެވެ.
2022 ވަނަ އަހަރުން ފެށިގެން، މޯލްޑިވިސް ފޮލިސް ސަރވިސްގެ ދަށުން ހިންގާ އެންސީޕީއެލްއީ އަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ދާއިރާއަށް ނުކުންނަ މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ އިންސްޓިޓިއުޓެކެވެ.



