ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯ އިން ފެެންނަނީ އިއްޔެ ނައްތާލުމަށް ކަނޑައަޅާފައިވާ އުޅަނދުތައް އުފުލަން އުޅުނު މަންޒަރުތަކެއް ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ސޯޝަލް މީޑިއާގެ ބައެއް މަންސަތަކުގައި، ފުލުހުން ޓޯވކޮށްފައިވާ ސައިކަލުތަކެއް މޭރީ ބްރައުން ކައިރީގައި ހުންނަ ޓޯވ ޔާޑް ތެރެޔަށް، ފްލެޓްބެޑް ޓްރެއިލަރ ޓްރަކަކުން ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދައުރުވަމުންދާތީ، އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުންނެވެ.
🚨#Breaking: Marrybrown kairi huhna Fuluhun ge vehicle towyard thereyah, tow kuri Cycle thakeh Flatbed trailer truck akun ukaa video eh social media gai aanmu vehjje.
Ithuru mauloomaathu: https://t.co/oK9op1oUcH pic.twitter.com/0snvJ5rYRn
— #MvCrisis (@MvCrisis) September 7, 2024
އާންމުވެފައިވާ ވީޑިއޯތައް ފަތުރަމުންދާ މީހުން ބުނަނީ، ފުލުހުންގެ މުއައްސަސާއިން ރައްޔިތުންގެ މުދަލަށް ހިތުހުރި ގޮތެއް ހަދަމުން އަންނަކަމަށާއި، އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އެ ވީޑިއޯތަކަށް މީހުން ކޮމެންޓް ކުރަމުންދަނިކޮށް، ފުލުހުން ދެންމެ ބުނެފައިވަނީ، ވީޑީއޯއިން ފެންނަ އުޅަނދު ތަކަކީ އިއްޔެ ނައްތާލުމަށް ކަނޑައަޅާފައިވާ އުޅަނދުތަކެއް ކަމަށެވެ. އަދި އެފެންނަނީ ނައްތާލާ ތަނަށް ގެންދާ މަންޒަރު ކަމަށެވެ.
ފުލުހުން ވަނީ އިއްޔެ ނައްތާލި އުޅަނދުތަކުގެ ތަފްސީލުވެސް މީޑިއާއަށް ހާމަކޮށްފަ އެވެ.
އިއްޔެ ނައްތާލެވުނު އުޅަނދުތަކުގެ ތަފްސީލު:
- ދެ ފުރޮޅުލީ އުޅަނދު: 247
- 4 ފުރޮޅުލީ އުޅަނދު: 29
- ބައިސިކަލް: 223
- އެމްބިއުލާންސް: 1
ގާނޫނާއި ގަވާއިދާއި ޚިލާފްވެގެން ފުލުހުން ޓޯވް ކުރާ އުޅަނދުތައް ވެރިފަރާތުން ފީ އެއް ދައްކައިގެން ވަކި މުައްދަތެއްގެ ތެރޭގައި ނެގުމަށް ފުރުސަތު ލިބެއެވެ. އަދި، އެ ދޭ މުއްދަތުގައި ނުނަގައިފިނަމަ، އަދި ފުލުހުން ވަކި މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގައި ނުނަގާނަމަ ނައްތާލަން ކަނޑައަޅަައެވެ. ނައްތާލަނީ، އުޅަނދުގެ ވެރިފަރާތައް އެކަށިގެންވާ ފުރުސަތުދީ، ގަވައިދުގެތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަށް ފުރިހަމަކުރުމަށްފަހުގަ އެވެ.




