މިހާރު ކުރިޔަށްދާ ޔޫއެފާ ނޭޝަންސް ލީގް މެޗްޑޭ 1 ނިންމާލައިފި އެވެ.
ރޭގައި މެޗްޑޭ 1 ކްލޯސްކޮށްފައިވަނީ ހަންގޭރީއާއި،ޖަރުމަންގެ މެޗަކުންނެވެ. އެމެޗު 5-0 އިން ކާމިޔާބުކުރީ ޖަރުމަނެވެ. އެ މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗްގެ 27 މިނެޓްގައި ނިކޮލަސް ފުލްކްރިގެއެވެ. އަދި ފަހު ލަނޑު ޖަހާފައިވަނީ މެޗް ނިމެން 7 މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކައި ހަވާރޓްޒެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޖަރުމަން ލީގުގެ 21 އަހަރުގެ ތަރި ފްލޯރިއަން ވެރޓްޒްއެވެ.
ޔޫއެފާ ނޭޝަންސް ލީގަކީ ކޮންމެ 2 އަހަރަކުން 1 އަހަރު ޔޫރަޕްގެ ފުޓްބޯޅަ އެސޯސިއޭޝަން ކަމައްވާ ޔޫ.އީ.އެފް.އޭ އިން އިންތިޒާމްކޮއްގެން ބާއްމަވުން އަންނަ ކޮންޓިނެންޓަލް މުބާރާތެކެވެ. މި ގޮތުން 2018 ގައި ބޭއްވިި އެންމެ ފުރަތަމަ މުބާރާތް ވާދަވެރި ފައިނަލް މެޗުން މޮޅުވެ ކާމިޔާބުކުރީ ޕޯޗުުގަލްއިންނެވެ. 2022 ގައި މުބާރާތް ކާމިޔާބުކުރީ ސްޕެއިން އެވެ.
މިއަހަރުގެ ނޭޝަންސް ލީގް ފެށީ 5 ސެޕްޓަމްބަރ ގައި އަޒަރބައިޖާނުގެ ޓޮފިލް ބަހްރަމޯވް ސްޓޭޑިއަމްގައެވެ. މުބާރާތުގެ އޯޕަނިން މެޗްގައި ވާދަކުރީ އަޒަރބައިޖާނާ ސްވިޑަން އެވެ . މުބާރާތުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ސްވިޑަންގެ އެލެކްސެންޑަރ އައިސާކެވެ. ސްވިޑަން އިން ވަނީ މި މެޗްގައި އަޒަރބައިޖާނު ކޮޅަށް 3 – 1 ގެ ކާމިޔާބީއެއް ހޯދާފައެވެ.
މެޗްޑޭ 1 ގެ ފުރިހަމަ ރިސަލްޓްސް:
- އަޒަރބައިޖާން 1 – 3 ސްވީޑަން
- ބެލަރަސް 0 -0 ބަލްގޭރިއާ
- ސެންމަރީނޯ 1 – 0 ލިޗްޓެންސްޓައިން
- ނޮތަން އަޔަރލެންޑް 2 – 0 ލަކްސްޒެންބާރްގް
- އެސްޓޯނިޔާ 0 – 1 ސްލޮވާކިޔާ
- ސަރބިޔާ 0 – 0 ސްޕެއިން
- ސްކޮޓްކެންޑް 2 – 3 ޕޮލެންޑް
- ޑެންމާރކް 2 – 0 ސްވިޒަލަންޑް
- ޕޯޗުގަލް 2 – 1 ކްރޮއޭޝިޔާ
- ކަޒަކިސްތާނު 0 – 0 ނޯރވޭ
- ލިތުއޭނިޔާ 0 – 1 ސިޕްރަސް
- ބެލްޖިއަމް 3 – 1 އިސްރޭއިލް
- ވޭލްސް 0 – 0 ތުރުކީ
- އައިސްލެންޑް 2 – 0 މޮންޓަނެގްރޯ
- ސްލޮވޭނިޔާ 1 – 2 އޮސްޓރިއާ
- ކޮސޮވާ 0 – 3 ރޮމޭނިޔާ
- ފްރާންސް 1 – 3 އިޓަލީ
- ފަރޯ އައިލެންޑް 1 – 1 ނޯރތު މެސިޑޯނިޔާ
- އަޔަރލެންޑް 0 – 2 އިންގްލޭންޑް
- އަރމީނިޔާ 4 – 1 ލަޓްވިޔާ
- ޖޯރޖިޔާ 4 – 1 ޗެކް ރިޕަބްލިކް
- މޮލްޑޯވާ 2 -0 މޮލްޓާ
- ގްރީސް 3 – 0 ފިންލޭންޑް
- ޔުކްރޭއިން 1 – 2 އަލްބޭނިޔާ
- ނެތަލޭންޑްސް 5 – 2 ބޮސްނިޔާ
- ޖަރމަނީ 5 – 0 ހނއގަރީ
މެޗްޑޭ 2 ގެ މެޗްތައް މިއަދުން ފެށިގެން 10 ސެޕްޓެމްބަރުގެ ނިޔަލަށެވެ.



