ހެންވޭރު ގެސްޓް ހައުސް އެއްގެ ކޮޓަރިއެއްގައި އުޅުނު މީހަކު ޒަޚަމްވެފައި އޮތްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، އެމީހާގެ ޚަބަރެއް ނުވާކަމުގެ މައުލޫތު ފުލުހުންނަށް ލިބުމާއި ގުޅިގެން މިއަދު ފުލުހުން އެތަނަށް ގޮސް، ކޮޓަރިއަށް ވަދެ ބެލި ކަމަށެވެ.
އެއީ 27 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އޭނާ ޒަޚަމްވެފައި އޮތުމާއެކު އައިޖީއެމްއެޗަށް އަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. ޒަޚަމްތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި ވަގުތު ސީންގައި ހަރަކާތްތެރިވަމުންނެވެ.
އަޕްޑޭޓް(10:25): މި މީހާއަށް އައިސީޔޫގައި މިހާރު ފަރުވާ ދެމުންދާކަމަށް އައިޖީއެމްއެޗާއި ހަވާލާދީ ފުލުހުން ބުނެފި އެވެ.



