މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ގދ.ގައްދޫ އައިސް ޕްލާންޓު އަޕްގްރޭޑްކޮށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ.
މިފްކޯއިން ބުނީ، ކުރިން ގައްދޫ ޕްލާންޓުން އުފެއްދެނީ 25 ޓަނުގެ އައިސްކަމަށާއި، އަލުން ހުޅުވާފައިވަނީ 50 ޓަނުގެ ކެޕޭސިޓީއަށް އަޕްގްރޭޑްކޮށްގެން ކަމަށެވެ. އެހެންކަމުން މިހާރު އެތަނުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދޭނެކަމަށް މިފްކޯއިން ބުންޏެވެ.
ގައްދޫ އައިސްޕްލާންޓުން ފްލޭކްސް އައިސް އުފައްދާ އެހެން އައިސް ޕްލާންޓުތަކާ ހިލާފަށް އަމިއްލައަށް އައިސް ނެގުމުގެ ބަދަލުގައި، އައިސް ބަކެޓަށް ޕްލާންޓުގެ އެހީގައި އައިސް އެޅިގެންދާނެކަމަށް މިފްކޯއިން ބުންޏެވެ. އެހެންކަމުން، މަސްވެރީންނަށް ފަސޭހައިން އައިސް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.
ގައްދޫގެ އިތުރުން މިވަގުތު މިފްކޯގެ ބެލުމުގެ ދަށުން އިތުރު 5 ރަށެއްގައި އައިސް ޕްލާންޓުތައް އޮޕަރޭޓް ކުރެއެވެ. އެއީ،
1. ހޯރަފުށި – 25 ޓަން (ފްލޭކްސް)
2.މަޑުއްވަރި – 25 ޓަން (ފްލޭކްސް)
3. ގާފަރު – 25 ޓަން (ފްލޭކްސް)
4. ތިނަދޫ – 50 ޓަން (ބްލޮކް އައިސް)
5. ފުވައްމުލައް – 25 ޓަން (ފްލޭކްސް)
އައިސް ދޫކުރަމުން އަންނަ މިފްކޯގެ ފެސިލިޓީތައް:
- ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް – 100 ޓަން (ބްލޮކް އައިސް)
- ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް – 80 ޓަން (ބްލޮކް އައިސް)
- އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް – 50 ޓަން (ފްލޭކްސް)
މީގެ އިތުރުން ފެނަކައިގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ 18 އައިސް ޕްލާންޓާ ހަވާލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.



