އެޓަރނީ ޖެނަރަލް (އޭޖީ) އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސުލްތާނާ ޝާކިރު އައަޔްނަކޮށްފި އެވެ.
ސުލަތާނާ ޝާކިރު ވަނީ 2012 ފެށީގެން 2019 ހަމަޔަށްވެސް އެޓަރނީޖެނަރަލް އޮފީހުގައި މި މަގާމު އަދާކޮށްފަ އެވެ.
ސުލްތާނާށް ޕާމަނަންޓް ސެކްރެޓަރީ ކަމުގެ ރަސްމީ ފަތްކޮޅު އެރުވީ އެޓަރނީ ޖެނެރަލް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަން(އީއެސްސީ)ގެ ރައިސް އަލީ ނާސިހްއެވެ. މި ރަސްމިއްޔާތުގައި އެޓާރނީ ޖެނެރަލް އަހްމަދު އުޝާމްވެސް ވަނީ ބައިވެރިވަޑައިގެންނެވި އެވެ.
ސުލްތާނާ ޝާކިރަކީ ކިއޫ.އެސް ރޭންކިންގިންއިން ދުނިޔޭގެ ޓޮޕް 60 ޔުނިވާރސިޓީތެރޭގައި ހިމެނޭ ޔުނިވާސިޓީ އޮފް މަލަޔާއިން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން ތަމްރީނުވެފައިވަނީ ޕަބްލިކް ޕޮލިސީއިންނެވެ.
މީގެ ކުރިން ސުލްތާނާ ހުންނެވީ ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ މަގާމުގައެވެ.



